ހޯދާ:
"ފުވައްމުލަކު އޮފީސް ބެޑްމިންޓަން މުބާރާތް 2010." މުޅި އެކު ހަ ޓީމް ވަނީ ބައިވެރިވެފައި
18 ފެބުރުއަރީ 2010 (ބުރާސްފަތި)
މުޙައްމަދު އާޠިފު
އެމްއެންޑީއެފް އެތެރޭ ކޯޓުގައި ބެޑުމިންޓަން ކުޅެނީ

މި މަހު 25 ގައި ފެށޭ ފުވައްމުލަކު އޮފީސް ބެޑްމިންޓަން މުބާރާތް 2010 ގައި މުޅިއެކު ހަ ޓީމް ބައިވެރިވެފައިވާ ކަމަށް މި މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

ޒުވާނުންނާއި ކުޅިވަރުގެ މަރުކަޒު ޒޯން 8 ކާއި ފުވައްމުލަކު ބެޑްމިންޓަން ޑިވަލޮޕްމެންޓް ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ހާފިޒު އަހުމަދު ސުކޫލް، ފުވައްމުލަކު އޮފީސް، ޏ އަތޮޅު ތައުލީމީ މަރުކަޒު، ފުވައްމުލަކު އަތޮޅު އޮފީސް، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް އަދި މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (އެމްޖޭއެމް) އެވެ.

"މިހާރު ބައިވެރިވެފައިވާ ހަ ޓީމް ވަރަށް ފޯރިއާއެކު ދަނީ ޕްރެކްޓިސް ކުރަމުން. މުބާރާތް ކުޅުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް ހޯލުގައި ވަނީ ތިން ކޯޓުގައި ކުޅެވޭ ގޮތަށް ހަދައި ހަވީރާ ރޭގަނޑު ޕްރެކްޓިސް ކުރެވޭގޮތަށް ކޯޓްތައް ބަހާފައި." ފުވައްމުލަކު ބެޑްމިންޓަން ޑިވަލޮޕްމެންޓް ކޮމިޓީގެ ވައިސް ޗެއާމަން ނުއުމާން އަލި ދީދީ ވިދާޅުވިއެވެ.

ނުއުމާން ވިދާޅުވީ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަކަމަށާއި ފުވައްމުލަކުގައި ބޭއްވޭ އެންމެ ވާދަވެރި އެންމެ ފޯރިގަދަ ބެޑްމިންޓަން މުބާރާތަށް މި މުބާރާތް ވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ޒުވާނުންނާއި ކުޅިވަރުގެ މަރުކަޒުން ވަނީ 2000 ރުފިޔާ އަދި ރަނައަޕް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައަޅާފައެވެ.

 

ކިޔުންތެރިންގެ ޚިޔާލު ޖުމްލަ: 4 ޚިޔާލު
19 ފެބުރުއަރީ 2010 (ހުކުރު) -ކުއާލާލަމްޕޫރުނ
ތިޔަވެސް ސިޔާސީ މުބާރާތެއްދޯ؟ މިހެންމިބުނީ ރީނދޫކުލަނެތި ޖޯޒީވެސް ކަމަކުނިދިޔަވިއްޔާ! އަހަރުމެންނަށް މިހާރުމައްސަލއެއްނެތް. އަހަރުމެން މިހާރަކު ރިހައަށްވެސް ރީދުލެއްނުލަންވިއްޔާ. ތިވެސް ދުރާލާ ރޭވިގެން ރައްޔިތުންގެ އެކައުންޓުގައި ހުރި ލާރިކޮޅު ކަހާލެވޭނެގޮތެއްހޯދުމަށް އަނބުރާ ގޭސްގަނޑެއް. ރައްޔިތުންގެ އެކައުންޓުގަހުރި ލާރިކޮޅާހެދި ލޮލަށްނިދިނައިސްގެން އުޅެބަޔަކުވެސް އެބައުޅޭވިއްޔާ! ތީދެން ތަނކޮޅެއްބޮޑުވަރޭ ބުނަން މިހާރު ދެންހަމަ މަޖްބޫރުވެއްޖެތާދޯ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
20 ފެބުރުއަރީ 2010 (ހޮނިހިރު) -ސިންގަޕޫރުގަ ކިޔަވާ ފުވައްމުލަކު ކުއްޖ&#
ކޮންމެ ކަމެެއް ސިޔާސީކަމަކައް ނަހަދަމާތޯ... ކުޅިވަރު ދިރުވާ އާލާ ކުރުމައްޓަކައި ބޭއްވޭ މިކަހަލަ މުބާރަތްތަކައް ހިއްވަރުދީ، އެއްބައިވަންތަކަން ނަގަހައްޓަމާތޯ.... މުބާރާތުގައި ބައިވެރިވި ހުރިހާ ބޭފުޅުންނައްވެސް ބެސްޓް އޮފް ލަކް... :)... މި ބުާރާތުގެ އަޕްޑޭޓު ކައްޓެޅި ގެ ފަރާތުން ގެނެސް ދޭނެކަމައް އުއްމީދު ކުރަން ..
21 ފެބުރުއަރީ 2010 (އާދީއްތަ) -އައްޑޫގަ އުޅޭ މުލަކު މީހެއް
ޗެކޮޔާއަށް އެގޭތަ މީގެ ކުރިންވެސް ރައްކުލައާއި، ރީނދޫ ކުލަޢާއި ނޫކުލަ ހުރެޔޭ، ދުނިޔެ ހެއްދިވި އިރުއްސުރެ ލައްވާފައިވާ ކުލަތަކޭ ޗެކޮޔާ އަށް ހިވާނީ ޗެކޮޔާ އެހެން ސިއާސީ ޕާޓީއަކަށް ތާއީދު ކުރާތީ އެމްޑީޕީ ވެރިކަން ކުރާތީ ކަންބޮޑުވަނީ ދޯ؟ އެހެން ނުވޭ އިނގޭ. ޗެކޮޔާ މިސާލަކަށް ސޭބޯން އަންނާށޭ ބުނީމަ އެމްޑީޕީ ކުލައަކީ ކަޅުކުލަ އަކީ ކަޅުކަމަށްވާނާމަ ސޭ ނޮބޯނީދޯ؟ ހެހެހެ ހެއްވާ ދޯ؟ މިއީ ސިއާސީ ކަމެއްނޫން ކަލޯ ކުޅިވަރު އާލާކުރުން.
21 ފެބުރުއަރީ 2010 (އާދީއްތަ) -އެމެރިކާގައި ކިޔަވާ ފުވައްމުލަކުކުއްޖ
ކިޔަވާކުއްޖާ ތިހެންބުންޏަސްވެސް އަތޮޅުއެކައުންޓުގައިހުރި ފައިސާކޮޅު މިދުވަސްވަރު ކުޅިވަރަށް ޚަރަދުކުރާކަށް އަހަރެން ޤަބޫލެއްނޫން.
ނަން
ޚިޔާލު
ޚިޔާލުގައި ހިމެނެން ބާކީ ހުރީ ކެރެކްޓާސް