ހޯދާ:
ތަޢުލީމީ މަރުކަޒުގެ ބޯޑުން ހުސްވެފައިވާ ދެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
09 މާޗް 2010 (އަންގާރަ)
ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ (ސްކޫލް) ބޯޑުން ހުސްވެފައިވާ ދެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އެމަރުކަޒުން ހުޅުވާލައިފިއެވެ.
އެމަރުކަޒުގެ ބޯޑުން ހުސްވެފައިވާ ދެމަގާމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2010 މާޗު 11 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެމަރުކަޒުގެ އޮފީހުން ލިބެންހުންނާނެކަމަށް އެމަރުކަޒުން ވަނީ ބުނެފައެވެ.
ތަޢުލީމީ މަރުކަޒުގެ ބޯޑުން ހުސްވެފައިވާ ދެމަގާމަކީ ބެލެނިވެރިންގެ ތެރެއިން ތިއްބަވާ 5 މެންބަރުންގެ ތެރެއިން 2 މެންބަރަކު ވަކިވުމުގެ ސަބަބުން ހުސްވެފައިވާ ދެމަގާމެވެ. އެދެމެންބަރުން މަގާމުން ވަކިވީ އެދެމެންބަރުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ދަރިވަރަކު މިއަހަރު އެމަރުކަޒުގައި ތަޢުލީމު ޙާސިލުކުރަމުން ނުދާތީއެވެ.
ސްކޫލް ބޯޑުގެ ގަވާއިދުގައި ބުނާގޮތުން ސްކޫލް ބޯޑުގައި ބެލެނިވެރިންގެ ތެރެއިން އިންތިޚާބުވެވަޑައިގަންނަވާ މެންބަރުންނަކީ، އެމެންބަރުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖަކު އެސްކޫލެއްގައި ތަޢުލީމު ޙާސިލުކުރަމުން ދާ ބެލެނިވެރިއަކަށް ވާންޖެހޭނެއެވެ. ބޯޑުގެ ދައުރު ހަމަވުމުގެ ކުރިން ބެލެނިވެރިންގެ ތެރެއިން ހުންނަވާ މެންބަރެއްގެ ބެލެނިވެރިކަމުގެ ދަށުގައި ވާ ދަރިވަރަކު ސްކޫލުން ވަކިވެއްޖެނަމަ އެމެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ. އެހެންވެއްޖެނަމަ ބައި އިލެކްޝަނެއް ބާއްވައި ދައުރުގެ ނިމެންދެން އެމަޤާމަށް މެންބަރަކު އިންތިޚާބު ކުރަން ޖެހެއެވެ. ސްކޫލް ބޯޑުގެ ދައުރަކީ 3 އަހަރެވެ. އެހެންކަމުން ކޮންމެ ތިންއަހަރަކުން ތިންއަހަރަކުން ބޯޑުގެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މިހާރު އިންތިޚާބުކޮށްފައިވާ ސްކޫލް ބޯޑުތަކުގެ ދައުރު ހަމަވާނީ 2011 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމުމުންނެވެ.
ކިޔުންތެރިންގެ ޚިޔާލު ޖުމްލަ: 7 ޚިޔާލު
09 މާޗް 2010 (އަންގާރަ) -ހައްޖަ
ތިޔަ ސްކޫލަކީ ބަންދުކުރަން ވެފައިހުރި ސްކޫލެއް...އަބްދުﷲ ރަސީދުމެނަކަށް ސްކޫލް ހިންގާކަން ނޭގޭ ކަމުގެ ހެކި މިހާރުވެސް ތިޔަ ރަށުން އެބަފެނޭ.ދެން ކޮންހާ ލިމިޓެއް ހަދައިގެން މަސައްކަތް ކުރާ ސްކޫލެއްބާ އަޅޫގަޑުގެ ހިތަންއަރާ....
09 މާޗް 2010 (އަންގާރަ) -
ހިންގަން ކިތންމެހާވެސް ރަނގަޅު. އެކަމަކު އަހަންނަށް ހީވަނީ މިހާރު މާކަންތައް ބޮޑުވެއްޖެހެން. ތިއަށް ވުރެބޮޑަށް ސަމާލުވެ ރަނގަޅަށް ހިންގުމަކީ އަޅުގަނޑުމެންގެ އުއްމީދު
09 މާޗް 2010 (އަންގާރަ) -ޝުޝް
އަބްދުﷲ ރަޝީދުއަކީ ރަގަޅު ހިންގުންތެރި ވެރިއެއް. ފުވައްމުލަކުގެ ރައްޔިތުން ޤަދަރުކުރާ ފުވައްމުލަކުގެ ދަރިއެއް
09 މާޗް 2010 (އަންގާރަ) -ބާބު
ކިޔެވުމުގެ ކަންތަކަށް ބޮޑަށް ވިސްނައި ކުރިޢަށް ގެންގޮސްގެން ނޫނީ ކުދިންގެ މުސްތަގުބަލު އުޖާލާނުވާނެ. އެހެންވީމަ ބަލަންވީކީ ކޮންމެހެން ސްކޫލަށް ކުޅިވަރުން ރީތިނަމެއް ހޯދާކަށްނޫން. ބަލަންވީ އެކުދިންގެ ފައިނަލް އެގްޒާމްތަކުގެ ނަތީޖާ ރަނގަޅުކުރަން. ސްކޫލަށް ކުޅިވަރުން ނަންހޯދަދޭން މަސައްކަތް ކުރާ ހުރިހާކުދިންކަހަލަގޮތަކަށް ކިޔެވުމުން ފޭލްވަނީ. އެހެންވީމާ މިފަދަކަންތަކަށް ވިސްނުންވެސް ވަރަށްބޭނުންތެރި.
09 މާޗް 2010 (އަންގާރަ) -އުފުލި
އަސްލު ބަލަންޖެހެނީ ޓޮޕްޓެންއަށް ހޮވުނުކުދިންގެ އަދަދަކަށްނޫން، ބަލަންވީ އޭލެވެލްފެންވަރަށް ފާސްވީ ކިތަށްކުދިންތޯ؟ ރައްޔިތުންނާއި ސަރުކާރުން މިކަން ބަލަންވެއްޖެ!
09 މާޗް 2010 (އަންގާރަ) -މުސްކުޅި ދަރިވަރު.
އަބްދުﷲ ރަޝީދަކީ ޏ،އަތޮޅި ތަޢުލީމީ މަރުކަޒު މިހާތަނަށް ނުދެކޭފަދަ ވެރިއެއް.ފާއިތުވި 2 އަހަރު އޯލެވެލް އަދި އޭލެވެލް ކުދިންގެ ނަތީޖާ މިކަމުގެ ހެއްކަކަށް ފުދޭނެ.އަދި ކުރިއާއި އަޅާ ބަލާއިރު ކުދިންގެ އަޚްލާގަށް އައިސްފައިވާ ހެޔޮ ބަދަލު ފާހަނގަ ކުރަންޖެހޭނެ.
11 މާޗް 2010 (ބުރާސްފަތި) -ހަކަތަ
ސްކޫލް ބޯޑު މާބޮޑަށް އެއްފަރާތަކަށް ބުރަވެފައި އޮންނަނީ....
ނަން
ޚިޔާލު
ޚިޔާލުގައި ހިމެނެން ބާކީ ހުރީ ކެރެކްޓާސް