ހޯދާ:
އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ފުވައްމުލަކުގައި ހަރަކާތްތަކެއް ހިންގައިފި
09 މާޗް 2010 (އަންގާރަ)
މުޙައްމަދު ފަޔާޒު
އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކު ސުކޫލުގެ ގައިޑުން ބޭއްވި ހިނގާލުން

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ފުވައްމުލަކުގައި ޚާއްސަ ހަރާކާތްތަކެއް އިއްޔެ ހިންގައިފިއެވެ.

އެގޮތުން ފުވައްމުލަކު ސްކޫލުގެ ގައިޑުން އިސްނަގައިގެން ގައިޑުންނާއި ޓީޗަރުންގެ އިތުރުން އާންމު ބައެއް ފަރާތްތައް ހިމެނޭ ގޮތަށް ރަށުގެ ބައެއް ސަރަހައްދުތަކުގައި އިއްޔެ ހަވީރު ވަނީ ހިނގާލުމެއް ބާއްވާފައެވެ. ތަފާތު އެކިއެކި ލިޔުންތަކާއި ޕޯސްޓަރުތައް ހިފައިގެން ބޭއްވި މިހިނގާލުމުގައި ދަރިވަރުންގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް ވަނީ ޝޫޢޫރު ފާޅުކޮށް ވާހަކަ ދައްކާފައެވެ.

މީގެ އިތުރުން ރަށުވެށި ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ފުވައްމުލަކު ޒުވާނުންނާއި ކުޅިވަރުގެ މަރުކަޒުގައި ވަނީ ވޮލީ މެޗަކާއި ނެޓުބޯޅަ މެޗެއް ކުޅެފައެވެ. ވޮލީ މެޗުގައި ބައްދަލުކުރީ ރަށުވެށި ޖަމްޢިއްޔާގެ ޓީމަކާއި އޯޕަން ހޭންޑުގެ ޓީމެކެވެ. މިމެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ރަށުވެށި ޖަމްޢިއްޔާގެ ޓީމެވެ. ނެޓުބޯޅަ މެޗުގައި ބައްދަލުކުރީ ރަށުވެށި ޖަމްޢިއްޔާގެ އޭ ޓީމާއި ބީ ޓީމެވެ. މިމެޗު 14 ޕޮއިންޓު 3 ޕޮއިންޓުން ކާމިޔާބުކުރީ އޭޓީމެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގެ ސްކޫލްތަކުގެ އެސެމްބްލީގައި އިއްޔެ ވަނީ ދުވަހާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

 

ކިޔުންތެރިންގެ ޚިޔާލު ޖުމްލަ: 1 ޚިޔާލު
10 މާޗް 2010 (ބުދަ) -މީނާޒު
ކޮބާ ޑިމޮކުރެޓިކު އޯގާތެރި ސަރުކާރުގެ ރަށުއޮފީހާ އަތޮޅުއޮފީސް އަދި އަންހެނުންގެ ކޮމިޓީތަކާ ވާފިރު ،ޝާހިދު،ތުއްތު،އަޝްރަފު،ނަޒީރު،މެންފަދަ އޯގާތެރިސަރުކާރުގެ ޕޮލިސީމޭކަރުން ހަދާން އެބަހުރިތަ މަނިއްޕުޅުމެން ލީހަޅޭކާ މީހުންގެ އަބުރު ނަގާލަން ހިންގި ޖަރީމާތައް
ނަން
ޚިޔާލު
ޚިޔާލުގައި ހިމެނެން ބާކީ ހުރީ ކެރެކްޓާސް