ހާފިޒް އަހުމަދު ސްކޫލުގެ ލިޓިލްމެއިޑް ޕެކްހޮލިޑޭ ކޭމްޕް ނިންމުމާއި ގައިޑުކުދިންގެ ހުވާކުރުން ބާއްވައިފި
ކޮންމެ އަހަރަކުވެސް ހާފިޒް އަހުމަދު އިސްކޫލްގެ ގްރޭޑް ފަހެއްގައި ކިއަވަމުން އަންނަ ގައިޑުންނަށް ބާއްވަމުން އަންނަ ޕެކްހޮލިޑޭ ކޭމްޕް ބާއްވައި އެކޭމްޕުގެ ނިންމުމުގެ ރަސްމީއާތާއި ގައިޑް ކުދިން ހުވާ ކުރުމުގެ ރަސްމީއާތު އެސްކޫލުގައި އިއްޔެ ބާއްވައިފިއެވެ.
މި ޖުލައި މަހުގެ ނަވާވީސްވަނަ ދުވަހު ހަވީރު 5:15 އިން އިއްޔެ ހަވީރު 6:00 އައް ހާފިޒް އަހުމަދު އިސްކޫލުގައި ކުރިއަށް ދިޔަ މި ކޭމްޕްގައި 36 ލިޓިލް މެއިޑުން ބައިވެރި ވެފައިވާ ކަމަށް ހާފިޒް އަހުމަދު އިސްކޫލުން މައުލޫމާތު ދެއެވެ.
މިފަދަ ކޭމްޕެއް ލިޓިލްމެއުޑުންނަށް ބޭޢްވުމުގެ މަގުސަދަކީ އެކުދިންގެ ވީކްލީ މީޓިންތަކުގައި ނުނިމި ހުރި ބައެއް މަސައްކަތްތައް ނިންމުމުގެ އިތުރަށް ގައިޑުންގެ ކިބައިގައި އަމިއްލަ ޒިންމާތައްދެނެގަނެ އެކުދިންގެ ޒިންމާތައް ނެގުމުގެ އާދަ ހަރުލެއްވުމާއި އާއިލާޔާ ވަކިން އުޅެން ދަސްކޮށްދިނުން ކަމުގައި އެ އިސްކޫލުން މައުލޫމާތު ދެއެވެ. ކޭމްޕާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ހާފިޒް އަހުމަދު ސްކޫލްގެ ޓީޗަރު ޒާހިދާ އިބުރާހިމް ވިދާޅުވީ މި ކޭމްޕްގައި ކުދިންނަށް ވަރަށް މުހިންމު ކުލާސްތަކެއް ކުރިއަށް ގެނދެވިފައި ވާނެކަމަށާއި އޭގެތެރޭގައި ފަސްޓް އެއިޑާއި ދީނީ ނަސޭހަތް ދިނުމާއި ނޮޓިން ސެޝަނެއްގެ އިތުރުން ވަރަށް ޚާއްސަ ޓްރެޝާ ހަންޓެއް ކުރިއަށް ގެންދެވިފައިވާނޭ ކަމުގައެވެ. މި ޓްރެޝާހަންޓް ހާއއްސަ ވެގެން ދަނީ މި ހަރާކާތަކީ އިސްކޫލްތެރެ އިން ފެށިގެން ދަޑިމަގު ކިޅިއާ ހަމަޔަށް ދަރިވަރުން ދާނޖެހޭގޮތަށް ރޭވިފައި އޮތް ހަރަކާތަކަށްވުމާއި މި ހަރަކާތުގެ ތެރޭގައި ކުދިން ސައިން ލެންގުއޭޖް ބޭނުން ކުރުމުގެ އިތުރަށް އެކުދިންގެ ކިބާގައި ހުރި އެހެނިހެން ހުނަރުތަކުގެ ބޭނުން ހިފާފައި ވާތީ ކަމަށް ޒާހިދާ އިބްރާހީމް ވިދާޅުވިއެވެ.
މިކޭމްޕް ނިންމުމުގެ ގޮތުން އިއްޔެ ހަވީރު އެ އސްކޫލް ހޯލުގައި ބޭއްވި ރަސްމީއާތެއްގައި ކޭމްޕް ފުރިހަމަ ކުރި ކޮންމެ ލިޓުލް މެއިޑަކަށް ސެޓްފިކެޓެއް ދިނުމުގެ އިތުރައް މިސް ހެލްޕްފުލް ،މިސް ޗިއަރފުލް، މިސް ޕަންޗުއަލް އަދި މިސް ކްލީންގެ އިތުރަށް ބެސްޓް ކޭމްޕަރގެ މަގާމު ހޮވައި އެ މަގާމުތައް ހޯދި ދރިވަރުންނަށް ސޭޝް ހަވާލު ކުރެވިފައިވެއެވެ. މި ކޭމްޕުގެ މިސް ހެލްޕުފުލް އަކީ ހައްވާ މާއީއެވެ މިސް ޗިއާފުލް އަކަށް އާމިނަތް ސަރާ މިސް ޕަންޗުއަލް އަކަށް ސިއާއު މުހައްމަދު ސައީދު އަދި މިސް ކްލީން އަކަށް އާމިނަތު ޝައުނާ ހޮވުނު އިރު މި ކޭމްޕްގެ ބެސްޓް ކޭމްޕާ އަކަށް ހޮވިފައި ވަނީ ޒީޝަން ނަސީމެވެ.
ލިޓްލް މެއިޑު ޕެކްހޮލިޑޭ ނިންމުމުގެ އިތުރުން 38 ގައިޑަކު އަލަށް އެންރޯލް (ހުވާކުރުން) ވެސް މިރަސްމިއްޔާތުގައި އޮތެވެ.