ހޯދާ:
ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ޚާއްސަ ދީނީ ދަރުސެއް މާދަމާ ރޭ އޮންނާނެ
• މިރޭގެ އިޝާނަމާދަށްފަހު އިނާރާގައި ދީނީ ދަރުސް ދިނުން އޮންނާނެ
31 ޖުލައި 2010 (ހޮނިހިރު)

ފުވައްމުލަކުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ދީނީ ދަރުސެއް މާދަމާ ރޭ 8:45 ގައި ފުވައްމުލަކު ރަސްމީ ބޯޅަދަނޑުގައި އޮންނާނެއެވެ.

ޒުވާނުންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި އުފައްދައި، ތީނީ ކަންކަމަށް ޒުވާނުން ހޭލުންތެރިކުރުމުގެ މަޤުޞަދުގައި ފުވައްމުލަކު ޔޫތު ސޮސައިޓީއާއި ފުވައްމުލަކުގެ ޒުވާނުންތަކެއް ގުޅިގެން މާދަމާ ރޭ ބާއްވާ މިދަރުސުގައި، ދީނީ ނަސޭޙަތް ދެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚު އިބްރާހީމް ފަރީދުކަމަށް ފުވައްމުލަކު ޔޫތު ސޮސައިޓީން މަޢުލޫމާތު ދެއެވެ. މާދަމާ ރޭ އޮންނަ ދަރުސުގައި ޝައިޚު ފަރީދު ވާހަކަ ދައްކަވާނީ "ފުރުޞަތު ނަގައި ނުލާށެވެ." މިމަޢުޟޫގެ މައްޗަށެވެ.

މާދަމާރޭގެ ދަރުސާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު ޔޫތު ސޮސައިޓީން ޙަސަން މުތީޢު ވިދާޅުވީ މާދަމާރޭގެ ދަރުސް ބޯޅަދަނޑުގައި ބާއްވަން ހަމަޖައްސާފައި ވީނަމަވެސް މޫސުން ގޯސްކަމަށް ވާނަމަ ދަރުސް ބާއްވާނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ކަމުގައެވެ. އަދި މިރޭގެ އިޝާނަމާދަށްފަހު މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް) ގައި ޝައިޚު ފަރީދު ދަރުސް ދެއްވަން ހަމަޖެހިފައިވާ ކަމުގައިވެސް ހަސަން މުތީޢު ވިދާޅުވިއެވެ.

ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކޮށް ދީނީ ކަންކަމަށް ހޭލުންތެރި ކުރުމުގެ މަޤުޞަދުގައި ހުސްވި އަހަރުގެ ރޯދަމަހުގެ ތެރޭގައިވެސް ޔޫތު ސޮސައިޓީން ވަނީ ދީނީ ދަރުސް ދިނުމުގެ ސިލްސިލާ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މިއަހަރުގެ ރޯދަމަހުވެސް އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމުގައިވެސް ޔޫތު ސޮސައިޓީން މަޢުލޫމާތު ދެއެވެ.

 

ކިޔުންތެރިންގެ ޚިޔާލު ޖުމްލަ: 1 ޚިޔާލު
31 ޖުލައި 2010 (ހޮނިހިރު) -
ޔޫތު ސޮސައިޓީގެ އެންމެ އިސްކޮށް ތިޔަ އުޅުއްވަވާ ޙާލިސް ޝަރީފް، ހަސަން މުތީއު، އަހުމަދު ވާފީ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔައީ ނަމޫނާ ޖަމްއިއްޔާއެއް
ނަން
ޚިޔާލު
ޚިޔާލުގައި ހިމެނެން ބާކީ ހުރީ ކެރެކްޓާސް